އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި ހާދިސާގައި ނިޔާވީ ހަންޏާމީދު، ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު ޢަރީޝް އެވެ. މި ހާދިސާ ހިނގީ ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރާ ސްޓާޓްކޮށް ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓި އެވެ.

ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ގޮސް އަނިޔާވި އެވެ.

އިޝްތިހާރު އިޝްތިހާރު

ނިޔާވީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ޓެސްޓްތަައް ހަދާ ސާމްޕަލް ނެގުމަށް ފަހު ކުއްޖާގެ ޖަނާޒާ މިރޭ 12 ޖެހިއިރު ވަނީ ބާއްވާފަ އެވެ.