އދ. ހަންޏާމީދޫގެ ނަން ރަސްމީކޮށް ލިޔަންވީ ގޮތް އެ ރަށު ކައުންސިލުން ޢާންމުކޮށްފިއެވެ.

އދ. ހަންޏާމީދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ވަނީ އެ ރަށުގެ ނަން ލިޔުމުގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަދި އެކި ކުންފުނިތަކުން ތަފާތު ގޮތްގޮތަށް ލިޔަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައެވެ.

މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން، ކައުންސިލުން ވަނީ ހަންޏާމީދޫގެ ނަން ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވީ ރަސްމީ ގޮތް އަންގައިދީފައެވެ. އެގޮތުން:

އިޝްތިހާރު އިޝްތިހާރު

- ދިވެހި ބަހުން: ހަންޏާމީދޫ
- އިނގިރޭސި ބަހުން: HANGNAMEEDHOO

މީގެއިތުރުން، ކައުންސިލުން ވަނީ މިއީ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތް ކަމަށްވެސް ފާހަގަކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން، ކަމާބެހޭ އެންމެހައި ފަރާތްތަކުން ހަންޏާމީދޫގެ ނަން ލިޔުމުގައި މި ރަސްމީ ގޮތަށް ޢަމަލުކުރުމަށް އެކައުންސިލް އިން އެދެއެވެ.