ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން

Screenshot 2026 06 26
TTH_Ads
STO_Ads
Advertisement

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ރިހިބިލިޓޭޓް ވެގެން އަންނަ މީހުން މުޖުތަމަޢުގެ ތެރޭގައި އަލުން ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ޑްރަގް ސިޔާސަތުގެ ދަށުން މިފަދަ އެއްވެސް ބޭފުޅަކު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެބޭފުޅުން މުޖުތަމަޢުގައި ކާމިޔާބުކަމާއެކު ފައިތިލަ ސާބިތުކޮށް، އަބުރުވެރި ދިރިއުޅުމެއް ފެށިއްޖެކަމުގެ ޔަގީންކަން ލިބެންދެން ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނ. ވެލިދޫގައި ޤާއިމްކުރާ ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އަދި ލ. ގަމުގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ވަޒީރުގެ ވާހަކަފުޅުގައި، ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާ އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އުނދަގޫ ހާލަތްތަކުން އަރައިގަންނަ މީހުން މުޖުތަމަޢުން ޝުކުރުވެރިކަމާއެކު ބަލައިގަތުމަށާއި، އެމީހުންނަށް ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ އުފައްދާ ފަރާތްތަކުގެ އިތުރުން ފަރުދުންގެ ޒިންމާ ބޮޑުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ މި ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރެއިން 300 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯންޗުން މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކީ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ނަމޫނާ: މިނިސްޓަރ އިޙްސާން