އެކި މައްސަލަތަކުގައި ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މި ޖޫން މަހުގެ 22 ވަނަ ދުވަހު ނައްތާލައިފައި ވަނީ 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ މާރިޗު 1 އިން އޭޕްރީލް 14 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ












ކިޔުންތެރިންގެ ހިޔާލު