ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ދިއުމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ފ. ނިލަންދޫ، ރާހި، އުމުރުން 38 އަހަރުގެ އިޒްޔާން ޢަބްދުލްޙަމީދެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރޭގައި، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭނާ މިހާރު އުޅޭ ވަކި ތަނެއް ދެނެގަނެވިފައި ނުވާތީ، ބައިނަލްއަގުވާމީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ މައްސަލަތައް އިތުރުވަމުންދާކަން ހެލްތު އެންޑް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ. މިދިޔަ މެއި މަހު އެކަނިވެސް ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ހިމެނޭއިރު، މިއީ އެ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދެކެވެ. މި 25 މައްސަލައިގެ ތެރޭގައި 19 އަންހެން ކުއްޖަކަށާއި 6 ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.










ކިޔުންތެރިންގެ ހިޔާލު