ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އައު އިމާރާތެއް އެޅުމަށް ފުރުސަތު ހުޅުވާލައިފި

43
STO_Ads
TTH_Ads
Advertisement

އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާންކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުންނެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު އިސްކަންދަރު ކޮށީގައި ހުރި އިމާރާތް ތަޅާލައި، އެ ބިމުގައި އައު އިމާރާތް އެޅުމަށް ވަނީ ރޭވިފައެވެ.

މިއީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. މި އިމާރާތުގައި ސަރުކާރާއި އިދާރީ މަސައްކަތްތަކުގެ އިތުރުން، އޮޕަރޭޝަނަލް މެޑިކަލް ބޭނުންތަކާއި، ތަމްރީންތައް ކުރިއަށްގެންދިޔުމަށް ޚާއްސަ ޖާގަތައް ހިމެނޭނެއެވެ. އިމާރާތުގެ 3 ވަނަ ފަންގިފިލާ ސިއްޙީ ޚިދުމަތްތަކަށް ޚާއްސަ ކުރެވިފައިވާއިރު، 4 ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާއާ ހަމައަށް އޮފީސް ބައިތައް ހުންނާނެއެވެ. މީގެ އިތުރުން، 11 ވަނަ ފަންގިފިލާއިން 13 ވަނަ ފަންގިފިލާ ޚާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. މި ބައިގައި 80 އާއި 100 އާ ދެމެދުގެ އެނދު ހިމެނޭހެން، އަންހެނުންނަށް ޚާއްސަ ރޫމްތަކާއި ބޭރުން އަންނަ ފަރާތްތަކަށް ޚާއްސަ ރޫމްތައް ހިމެނޭނެއެވެ.

HajjCop_ads
Advertisement

އިމާރާތުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި ޕާކިންގއަށް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައަޅާފައިވެއެވެ. ބޭސްމަންޓްގައި 28 އުޅަނދާއި 85 ސައިކަލް ޕާކުކުރެވޭނެ ޖާގަ ހަމަޖައްސަންޖެހޭއިރު، ފުރަތަމަ ފަންގިފިލާގައި 17 އުޅަނދާއި ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކުކުރުމުގެ ޖާގަ ހަމަޖެއްސުމަށް ވަނީ ކަނޑައަޅާފައެވެ. މި އިމާރާތުގެ ފަސޭހަކަމަށްޓަކައި 6 ލިފްޓް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އިމާރާތުގެ އެންމެ މަތީ ދެ ފަންގިފިލާ ޚާއްސަކުރަނީ ފުލުހުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށެވެ. އެގޮތުން 6 ކްލާސްރޫމް، ލައިބްރަރީ، ކޮންފަރެންސް ރޫމް، މަލްޓިޕާޕަސް ހޯލް އަދި ޓްރެއިނިންގ ހޯލް ފަދަ ވަސީލަތްތައް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ. މި މަޝްރޫއު ނިމުމުން، ފުލުހުންގެ އިދާރީ އަދި ތަމްރީންގެ ޤާބިލުކަން އިތުރުވެ، އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ހުޅުމާލޭގެ އަޒީޒާ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ފިޔަވަޅު އަޅަނީ

coastguard MNDF

ހޮނޑާފުށި ކައިރިން ގެއްލުނު މަސްވެރިޔަކު ރަށުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިއްޖެ

hiyaa flats

ހިޔާ ސަރަހައްދުގައި މާރަމާރީ ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

Io

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި