ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު ހިފަހައްޓައިފި

Sstv FORM FOR EC
STO_Ads
Maldivian_Ads
TTH_Ads
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލޭ ފޭސް 1 ގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ހިފަހައްޓައި އޭގެ ތެރެއިން 12 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައެވެ. މި ހަރަކާތުގައި ޖުމުލަ 20 ބިދޭސީއަކު ހިފަހައްޓައި އެ މީހުންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ.

ބަލައި ފާސްކުރުމުގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާކަން ކަށަވަރުވި 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިއީ އެތައް އަހަރެއް ވަންދެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އައި ބައެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. މިފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

HajjCop_ads
Advertisement

މި އޮޕަރޭޝަންތަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތައް އެ މީހުން ނިސްބަތްވާ ގައުމަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށްފަހު ގާނޫނީ އިމުގެ ތެރެއިން ޑީޕޯޓުކުރުމުގެ ކަންކަން ހަމަޖައްސަމުންދާކަމަށް ކަމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ފޭރާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި

5 Suspects 6f43f333ac

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން 9 ބިދޭސީއަކު ހައްޔަރުކޮށްފި