ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ކުރިއަށް ގެންގޮސްފި

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގެ ފަޅުތެރެ ސާފުކުރުމަށް ހިންގި ހާއްސަ ހަރަކާތެއްގައި 61 ޖަމްބޯ ބޭގްގެ ކުނި ނަގައިފިއެވެ.

އެޗްޑީސީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ނަގާފައިވަނީ މޫދަށް އުކާލާފައިވާ ޕްލާސްޓިކް ފުޅިއާއި، ދަޅުގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ ކުންޏެވެ. މިގޮތުން ޖުމްލަ 61 ޖަމްބޯ ބޭގް ފުރެންދެން ކުނި ނަގާފައިވާއިރު، މިއީ ފަޅުތެރޭގެ ދިރުންތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ހުޅުމާލެއަކީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި އަދި ސާފު ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މަގުތަކާއި ޕާކުތަކުގެ އިތުރުން، މޫދާއި ގޮނޑުދޮށް ސާފުކޮށް ބެލެހެއްޓުމަކީ އެ ކޯޕަރޭޝަނުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ކަންކަމެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އާންމުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުވެ، ކުނި އުކާލުމުގައި ޒިންމާދާރުވުމަށް ބާރުއެޅިގެންދެއެވެ.

HajjCop_ads
Advertisement

އެޗްޑީސީން މީގެ ކުރިންވެސް ވަނީ މިފަދަ ބޮޑެތި ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ “ކޯސްޓަލް ކްލީނަޕް” ހަރަކާތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެ ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކޮށް، ޖުމްލަ 2122 ކިލޯގެ ކުނި ވަނީ ނަގާފައެވެ. ކުރިއަށް އޮތް ތަނުގައިވެސް ތިމާވެށި ހިމާޔަތްކުރުމަށް މިފަދަ އިތުރު ހަރަކާތްތައް ރާވައި ހިންގުމަށް އެ ކޯޕަރޭޝަނުން ވަނީ އަމާޒު ހިފާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Hulhumale

ނަފްސާނީ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި