ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފ. ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

ފ. ނިލަންދޫގައި ގާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން ޕަންޕިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢުގެ 40 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ހާމަކުރެއްވި ގޮތުގައި، އެ ރަށުގައި އަލަށް އާބާދުވަމުންދާ ސަރަހައްދުތަކުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ރަށުގެ ފަސް ސަރަހައްދެއްގައި ނަރުދަމާ ޕަންޕިންގ ސްޓޭޝަންތައް ނުވަތަ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް ކައުންސިލުން ކަށަވަރުކޮށްދެއެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ 69.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި، ޕަންޕިންގ ސްޓޭޝަން އަދި ޖަންކްޝަން ބެހެއްޓުމުގެ އިތުރުން އައުޓްފޯލް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

MMA_Ads
HajjCop_ads
Advertisement

ނިލަންދޫގައި މިހާރު ބޭނުންކުރަމުން އަންނަ ނަރުދަމާ ނިޒާމަކީ ސުނާމީ ކާރިސާއާ ގުޅިގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނިމިދިޔަ ސަރުކާރުތަކުން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފެށި ނަމަވެސް، އަމަލީ ގޮތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރިއަށް ގޮސްފައިނުވާކަން ކައުންސިލުން ފާހަގަކުރެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިލަންދޫ އަހުމަދު މޫސާ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

Sstv FORM FOR EC

ފ. ނިލަންދޫ މަސް ކާރުޚާނާގެ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

43

ފ. ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ގާއިމްކޮށް ޚިދުމަތްދޭން ފަށައިފި

Oo

ފ. ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަނީ