ފ. ނިލަންދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ފިއުލް ސްޓޭޝަނެއް ގާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުވި ތަނެކެވެ.

Today marks another important milestone with the opening of the fuel station in Faafu Atoll, in F. Nilandhoo.

ޖުމުލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެތެރެއިން މިހާތަނަށް 5 ސްޓޭޝަންގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

އިޝްތިހާރު އިޝްތިހާރު

މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ދެމުން އައިސްފައިވަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް ސިޓީ، ކޫއްޑޫ، ތިނަދޫ ސިޓީ އަދި ފެލިވަރުގައެވެ.

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.