ފ. ނިލަންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މިހާރު ކުރިއަށްދަނީ އޮފީސް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.
ނިލަންދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އޮފީސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ސްލެބް، ބީމް ޝަޓަރިންގ އަދި ރިއިންފޯސްމަންޓް މަސައްކަތްކަމަށެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒު ހާސިލުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.








ކިޔުންތެރިންގެ ހިޔާލު