ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ފ.ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއިއެވެ.

ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 2024 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން ހިއްކައެވެ.

އެމްޓީސީސީން ވިދާޅުވީ ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަމަށެވެ. ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތާއެކު މި މަޝްރޫއުގެ ޖުމްލަ 74 އިންސައްތަ ނިމިފައިވާކަމަށެވެ. ބިން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައްވެސް މިހާރު ސައިޓުގައި ވަނީ ފަށާފައެވެ.

HajjCop_ads
Advertisement

ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއާޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއާޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއާޕޯޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށްކަމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެގައެވެ.

ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ. އެރަށުގައި މިވަގުތު ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އިތުރަށް ތަރައްޤީކުރުމާއި ގިރާ ސަރަޙައްދުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި