ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫ އަހުމަދު މޫސާ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

STO_Ads
TTH_Ads
Advertisement

ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، އަދި 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައިވާ އެ ރަށު، އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ‘އެކްސް’ ގައި މިއަދު ކުރެއްވި ޕޯސްޓުގައި އަޙްމަދު މޫސާ އަވަހާރަވުމަކީ ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް ކުރުވި ޚަބަރެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް އަޙްމަދު މޫސާ (ކަތީބު ދޮންބެ) ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި އެ މަރްހޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަމާއި އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި މުރާލި އަދި ހަރުދަނާ ޝަޚްސިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށެވެ. އަދި އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ވެސް ތައުލީމީ ގާބިލް އެތައް ހިދުމަތްތެރީންނެއް ތިއްބެވިކަމީ އަޙްމަދު މޫސާގެ ހަޔާތްޕުޅުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި އާއިލާއަށާއި ނިލަންދޫގެ ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big Zmgelv5OfJB1lxvi99HFrY3sv

ފުލުހުންގެ ޑިއުޓީގައި ހުއްޓައި ނިޔާވި އާސިފްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

football

ވޯލްޑް ކަޕްގައި ރައީސް ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް

Sstv FORM FOR EC

ފ. ނިލަންދޫ މަސް ކާރުޚާނާގެ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ