ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި

H6txovzbmjojwefnjhdb
STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބަންދުކޮށްފައި އޮތް ސަރަހައްދަށް ފެރީތަކަށް ލެފޭނެ ވަގުތީ އިންތިޒާމެއް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ޕޯސްޓު އޮފީހާއި ކުރީގެ ނަސަންދުރާއާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ލަފައި، ފަސިންޖަރުން އެރުމަށާއި ފޭބުމަށް މިހާރު ވަނީ ވަގުތީ ގޮތުން ހުއްދަ ދީފައެވެ. މި ހުއްދަ ދީފައިވީ ނަމަވެސް، އެ ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ، އެއްގަމު އުޅަނދުފަހަރު ވަނުން ވަނީ މަނާކޮށްފައެވެ. ފެރީ އޮޕަރޭޓުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު އަންގައިދޭ ޗާޓެއް އެ ކުންފުނިން އާންމުކޮށްފައިވާއިރު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ދުވާރު ފުޅާކޮށް ހަތަރު ލޭނު ގާއިމުކުރުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ އެމްއެމްއޭއިން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރުއަޅައި ނިންމާފައެވެ.

HajjCop_ads
Advertisement

ނިމިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 21 ވަނަ ދުވަހު ފެށި މި މަޝްރޫއު ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އަށްސަތޭކަ ތިރީސް މީޓަރުގެ މި މަގު ހަތަރު ލޭނަށް ފުޅާކޮށް ނިމުމުން، މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިހާތަނަށް މަސައްކަތް ނިމިފައިވާ ސަރަހައްދުތައް ހުޅުވާލުމާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި