ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މިދަނީ މަސައްކަތް ކުރަމުން: ރައީސް

TTH_Ads
Maldivian_Ads
STO_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރު މިހާރު ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ކުރަންޖެހޭ ހަރަދުތަކައް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. ނަމަވެސް، މިހާރު އެ ދަތިކަމުން އަރައިގެނެވޭ ހިސާބަށް އާދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“އެގޮތުން އެންމެ މުހިންމު އިސްކަމެއް މިދެނީ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތައް ހަރުދަނާ ކުރަން. ހާއްސަކޮށް، އެންމެ ގިނަ މަޝްރޫއު ހިންގަނީ އެމްޓީސީސީ. އެމްޓީސީސީގެ ކެޕޭސިޓީ ބޮޑުކުރަންޖެހޭ. ދެން އެ މަސައްކަތް މިހާރު އެބަ ދޭ ކުރިއަށް. އެއްކަމަށް އެމްޓީސީސީއަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތްތައް މީ ޑޮލަރު ލިބޭނެ ގޮތްތައް” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ ގޮތްވެސް ހަމަޖެހެމުންދާ ކަމަށާއި، މާ ލަސްތަކެއް ނުވެ ބޮޑު ހިލައާއި އެހެން ތަކެތި ގެނެސް، ތަރައްގީގެ މަޝްރޫތައް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ބަނދަރު ހެދުމާއި ރިވެޓްމެންޓް ޖެހުންފަދަ މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އަދި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އިތުރު ޑްރެޖަރެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު އެމްޓީސީސީ އޮތް މަހާޖައްރާފަށްވުރެ ތިން ގުނަ ބޮޑު މަހާޖައްރާފާއެއް ވަނީ ސެކިއުއާ ކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު ނިމެންވާއިރަށް އާ ޑްރެޖަރު ރާއްޖެ ގެނެވޭނެކަމަށް އުންމީދު ކުރެވޭ ކަމަށާއި، އެއިރުން ބިން ހިއްކުމުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެމްޓީސީސީއާ އެއްކޮށްލަނީ އާރްޑީސީގެ ވަސީލަތްތައް އެމްޓީސީސީގެ ތެރެއަށް ވައްދައި، އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް، މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 4Yhtv5ebvnWRh1V910y7Jct1r

އަމީނީ މަގުގެ އަލުން ތާރުއެޅި ބައިި ހުޅުވާލާނީ ހަތަރު އަނގޮޅި ތަރައްޤީކުރުމަށްފަހު: އެމްޓީސީސީ

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

WhatsApp Image 2026 09 24 at 14.42.20

އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

WhatsApp Image 2026 09 24 at 10.39.50

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ