ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީ (އެންއެމްޑީސީ) އާއި އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި އިންވެސްޓުމެންޓާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީގެ ފަރާތުން ޗެއާ ޕާސަން ސާދާ އިބްރާހީމާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިރު އެންއެމްޑީސީ ތަމްސީލުކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އާއި އެ ކުންފުނީގެ އިސް ވެރީންނެވެ. ދެ ކުންފުނީގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ.

HajjCop_ads
Advertisement

އެ ގޮތުން އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން ފައިސާ އިންވެސްޓުކުރުމާއި ޑްރެޖިންގ ސަޕޯޓާއި އެކިއެކި އާލާތްތައް ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. ހަމައެއާ އެކު މުވައްޒަފުންނަށް ތަމްރީނު ދިނުމާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.

މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ ދާއިރާގައި 50 އަހަރުގެ ތަޖުރިބާ ލިބިފައި އޮތް ކުންފުންޏެކެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުން ފަދަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގާ ރާއްޖޭގެ މައި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ.

ހަބަރު

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 24 at 14.42.20

އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

WhatsApp Image 2026 09 24 at 10.39.50

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 23 at 14.29.23

ނޮޅިވަރަމު ސްކޫލް މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް