ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ކަޕްގައި ރައީސް ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް

football
TTH_Ads
STO_Ads
Advertisement

މާދަމާ ރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގައި ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް ކަމަށާއި، އެންމެ ކުޑައިރުން ފެށިގެންވެސް އާޖެންޓީނާއަށް ސަޕޯޓް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕާ ދިމާކޮށް، ވޯލްޑް ކަޕުގެ ސްޕޮންސަރެއް ވޯލްޑް ކަޕް ބޯޅައިގައި ރައީސްގެ ސޮއިކުރެއްވުމަށްފަހު ފުޓުބޯޅަ ލެޖެންޑުންނަށް ބަހަން ނިންމާފައިވާ އިރު، ރައީސް ވޯލްޑް ކަޕާ ގުޅޭގޮތުން ވާހަކަދެއްކެވީ އެ ބޯޅަތަކުގައި ސޮއިކުރައްވަމުންނެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ އެކުގައެވެ.

ރައީސް ވިދާޅުވީ އެންމެ ކުޑައިރުންސުރެވެސް އާޖިންޓީނާއަށް ސަޕޯޓް ކުރައްވާ ނަމަވެސް، މޮޅުވާނެ ޓީމެއް ދިމާކުރުން އެއީ އުނދަގޫކަމެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ އިންގްލެންޑަކީވެސް ސަޕޯޓް ކުރައްވާ ޓީމެއް ކަމަށާއި، އާޖެންޓީނާ ނޫނީ ވޯލްޑް ކަޕް ނަގަން އެންމެ އެދެނީ އިންގްލެންޑް ކަމަށެވެ. ރައީސް ވިދާޅުވީ އާޖެންޓީނާއަށް ސަޕޯޓް ކުރަން ފެށުނީ ޑިއޭގޯ މަރަޑޯނާއަށް ކުރި ސަޕޯޓެއްގެ ސަބަބުން ކަމަށެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ މެޗުތައް އޮންނަ ގަޑިތަކުގެ ސަބަބުން، މެޗުތައް ބެލުން އުނދަގޫވާނެ ނަމަވެސް ވީވަރަކުން މެޗުތައް ބައްލަވާނެ ކަމަށެވެ. އޭގެ އިތުރުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަޕްރައިޒެއްގެ ގޮތުގައި މިފަހަރު ނެދަލޭންޑްސް ވޯލްޑް ކަޕް ނެގުންވެސް އެކަށީގެންވާ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން އައި އަހަރު: ރައީސް

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް އައްޑަނަ ހަވާލުކުރައްވައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 4 ބޭފުޅަކަށް

ފަތުރުވެރިކަމުގެ ބާނީ ހުސައިން އަފީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި