ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަމްއާން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް: އިހުސާން

minister ihusan
STO_Ads
TTH_Ads
Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނަށް ނިސްބަތްކޮށް އިއްޔެ މީޑިއާގައި ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރިން، ސަރުކާރާ ދެކޮޅަށް މައުލޫމާތު ފަތުރާ ބައެއް މީޑިއާތަކަށް ދައުވަތު ދީގެން ޝަމްއާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަޒީރު އިހުސާނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށްވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ޝަމްއާންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތު އޮތް ނަމަވެސް، އޭނާ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އެ ތުހުމަތުތައް ވަޒީރު އަލީ އިހުސާނަށް ރައްދުކޮށްފައެވެ. އަދި އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައީސް މުއިއްޒު ވަޒީރު އިހުސާން ދިފާއު ކުރައްވާ ކަމަށްވެސް ޝަމްއާން ވަނީ ބުނެފައެވެ.

HajjCop_ads
MMA_Ads
Advertisement

މި ވާހަކަތައް ދޮގުކުރައްވައި ވަޒީރު އިހުސާން “އެމްއެމްޓީވީ” އަށް ވިދާޅުވީ، ޝަމްއާން އެމަނިކުފާނުގެ މައްޗަށް ކުރައްވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޝަމްއާން ކުރާ އެއްވެސް ތުހުމަތަކާ ގުޅޭ ހެއްކެއް ނުވަތަ ގަރީނާއެއް ދެއްކިފައި ނުވާކަން ފާހަގަކުރައްވައި، ޝަމްއާން ހަދަނީ ދޮގުކަން މީގެ ކުރިންވެސް މީޑިއާގައި ވިދާޅުވެފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ކަނޑައަޅާފައެވެ.

މި ހުރިހާ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން، ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ހުކުމް ކޮށްފައެވެ. އޭނާ މި ތުހުމަތުތައް ވަޒީރަށާއި ސަރުކާރަށް އަމާޒުކުރީ މި ހުކުމް އިއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިންކަން ފާހަގަކޮށްލެވެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސޭން
ޝަމްއާން ކުޝުން ބަރީއަވާންވެގެން ހެދި ބޮޑުދޮގެއް ކަމަޢް އޭރުވެސް ގަބޫލު ކުރެވުނީ

ގުޅުންހުރި

Large thumb

ޝަމްޢާންގެ ތަހުގީގް ހިންގީ އެއްވެސް ނުފޫޒެއްނެތި ހެކީގެ މައްޗަށް މައްޗަށް ބިނާކޮށް: ފުލުހުން

Screenshot

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

minister ihusan

ޝަހުޒާނު ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން: އިހުސާން

Io

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް ހުކުމް އިއްވުން ފަސްކޮށްފި