ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެއަށް އައިސްފައިވަނީ ރޭ 00:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓުންނެވެ. އެ ފުލައިޓުގައި އައިސްފައިވަނީ 262 ހައްޖާޖީންނެވެ. އެއާއިއެކު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ އެންމެން އައިސްވަނީ ނިމިފައެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އައީ މިދިޔަ ހުކުރު ދުވަހުގައެވެ. އެ ފްލައިޓުން 240 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެ އައިސްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ދެވަނަ ގްރޫޕް އާދީއްތަ ދުވަހު އައިސްފައިވާއިރު، އެ ފްލައިޓްގައި 262 ހައްޖުވެރިން އައިސްފައި ވެއެވެ. ތިން ވަނަ ގްރޫޕް އައިސްފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ފްލައިޓުން އައިސްފައިވަނީ 271 ހައްޖުވެރިންނެވެ.

ދިވެހި ހުރިހާ ހައްޖުވެރިންވެސް ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.