ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރާނީ މި މަހު 15 ގައި

maldivian hajj
TTH_Ads
STO_Ads

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 15 ގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް ސައުދީއަށް ދާ އެ ކުންފުނީގެ އެޑްވާންސް ޓީމުގެ ބައިވެރިން މާދަމާ ފުރާނެ ކަމަށެވެ.

މި އަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.

HajjCop_ads

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:
ފުރަތަމަ ފްލައިޓް: ފުރާނީ މި މަހު 15 ގައި މެންދުރު ފަހު 3:25 ގައި
ދެވަނަ ފްލައިޓް: ފުރާނީ މި މަހު 17 ގައި ފަތިހު 5:00 ގައި
ތިންވަނަ ފްލައިޓް: ފުރާނީ މި މަހު 18 ގައި މެންދުރު ފަހު 3:25 ގައި
ހަތަރުވަނަ ފްލައިޓް: ފުރާނީ މި މަހު 19 ގައި ހެނދުނު 9:30 ގައި
މި އަހަރު ހައްޖަށް ދާ 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ ގައުމީ އެއާލައިންގައި ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުން އަންނައިރު މިއަހަރު ވެސް ރާއްޖޭގެ ޙައްޖުވެރިން ފުރާނީ މައްކާރޫޓް އިނިޝިއޭޓިވްގެ އިންތިޒާމްތަކުގެ ތެރެއިންނެވެ.

މި އަހަރުގެ ހައްޖު ދުވަސްކަމަށް ކަލަންޑަރުގައިވާ ތާރީހަކީ މި މަހުގެ 26 ވާ އަންގާރަ ދުވަހެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ

dr. Shaheem

ޙައްޖުގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން އިންވެސްޓް ކުރަންޖެހޭ: ޝަހީމް

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

ފަޤީރުންގެ ދަފްތަރުގައި ތިބި ޙައްޖު އަދާނުކުރާ އެންމެން މި ދައުރުގައި ޙައްޖަށް ފޮނުވާނެ