ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާދެއްވައިފިއެވެ.

ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާދެއްވި ސަބަބެއް ނޭނގެއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދިނުމުގެގޮތުން މީގެކުރިން ވެސް ގިނަ އަދަދެއްގެ ވަޒީރުން ވަނީ އިސްތިއުފާދެއްވާފައެވެ.

ޒަމީރަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.