ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ މަަސައްކަތް ފަށައިފި

finance
TTH_Ads
STO_Ads
Advertisement

އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މާލީ ވުޒާރާއިން މިހާރު ވަނީ މެދު ރާސްތާގެ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމަށް ހުޅުވާލާފައެވެ.

ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާފައިވާ ހަރަކާތްތަކާއި، މަޝްރޫޢުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަަލަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނެއެވެ.

HajjCop_ads
Advertisement

މާލީ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ އޮފީސްތަކުން ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ އެ ވުޒާރާއިން ކަނޑައަޅާފައިވާ ބަޖެޓު ސީލިންއަށްވުރެ ބޮޑު ނުވާނެހެން، އަދި ޝާޢިއުކޮށްފަައިވާ ސަރކިއުލާގައިވާ ބަޖެޓުގެ އަމާޒުތައް ހާސިކުރެވޭނެފަދަ ގޮތަކަށް ހަރަކާތްތަކާއި މަޝްރޫޢުތައް ރާވައިގެން ކަމަށެވެ. 2027އިން 2029 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓު ހުށަހަޅާނީ އެސްއޭޕީބީޕީސީ މޮޑިއުލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މެދުރާސްތާގެ ބަޖެޓުގެ މުހިންމު އަމާޒުތައް:
* ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުން
* ދައުލަތުގެ ޚަރަދުތައް އެފިޝަންޓްކޮށް، ކުރާ ޚަރަދާއި ބައްދަލު ނަތީޖާއެއް ކަށަވަރުކުރުން
* ދައުލަތުން ފޯރުކޮށްދޭ އަސާސީ އަދި އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން
* ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ކުރިއަރުވަން ފޯރުކޮށްދޭ އެހީ ދިނުމުގައި މުޖުތަމައުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުން
* ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން

މާލީ ވުޒާރާއިން ވިދާޅުވީ، ބަޖެޓުގައި މުވައްޒަފުންނަށް ހިނގާ ޚަރަދު ހިމަނަންވާނީ މިމަހުގެ ނިޔަލަށް ހިނގަމުންދާ މަޤާމުތަކާއި ހުއްދަ ލިބިފައިވާ މަޤާމުތަކަށް އެކަންނި ކަމަށެވެ. އިތުރުގަޑިއާއި އެލަވަންސްތައް ބަޖެޓުކުރަންވާނީ މިހާރުވެސް ޚަރަދު ހިނގަމުންދާ ރޭޓުގައި ކަމަށެވެ. އަދި އަހަރުގެ ތެރޭގައި ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެންމެ ޚަރަދުކުޑަ ގޮތަކަށް ޕްލޭންކޮށްގެން ބަޖެޓުގައި ހިމެނުމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ވުޒާރާއިން ވަނީ ވަކިވަކި އިދާރާތަކުގެ އެތެރޭގައި ބާއްވާ އަހަރީ ޖަލްސާ ފަދަ ކަންކަމަށް ބަޖެޓު ނުކުރުމަށާއި، ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތައްވެސް ޚަރަދުކުޑަ ގޮތްގޮތަށް ރޭވުމަށް އިރުޝާދުދީފައެވެ.
އަދި ޚިދުމަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކާއި، އިދާރާ ހިންގުމަށް ކޮންމެހެން ބޭނުންވާ ހަރުމުދަލަށް އެކަނި ބަޖެޓުކުރުމަށެވެ. އެ އޮފީހަކަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކަށް ބަޖެޓު ވަކިވަކިން ބައިކޮށް އަންދާޒާކުރަން ޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ބޭސްލައިން ބަޖެޓު ތައްޔާރުކުރުމަށްޓަކައި މަސްއޫލުވެ ޒިންމާވާ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓު ސީލިންވެސް އެ ވުޒާރާއިން ވަނީ ޝާއިއުކޮށްފައެވެ. ދައުލަތުގެ ހުރިހާ އިދާރާތަކުން ސާކިއުލާގައި ހުރި ކަންތައްތައް ފުރިހަމަކުރުމަށްފަހު އަންނަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ބޭސްލައިން ބަޖެޓު ނުފޮނުވާ އިދާރާތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު އެ ވުޒާރާއަށް ލިބޭނެ ކަމަށްވެސް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާދެއްވައިފި

minister Zameer

ބީއެމްއެލްއިން ވިއްކާ ސުކޫކުގެ 300 މިލިއަން ޑޮލަރު ބޭނުންކުރާނީފަތުރުވެރިކަން ފުޅާކުރަން: ޒަމީރު

DSC

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފި

finance

ސަރުކާރު ކުންފުނިތަކުގެ މުވަޒަފުންގެ އަދަދު 33 އިންސައްތައް މަދުކުރުމަށް އަންގައިފި