ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް، އައްޔަނުކޮށްފި އެވެ.
އެކަން ހާމަކޮށް ފުލުހުން މިއަދު ބުނީ މިއަދުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކޮށްފައިވާ ކަމަށެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގަ އެވެ. ޝިފާން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފް ކަމަށް ފުލުހުން ބުންޏެވެ.









ކިޔުންތެރިންގެ ހިޔާލު