ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތް ކިލޯ ޑްރަގް މައްސަލާއާާ ގުޅޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ވައިގެ މަގުން ރާއްޖެ ހަތް ކިލޯގެ ޑްރަގް އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން އިތުރަށް ބަންދުގައި ބެއިތިއްބުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަސް ތެރޭގައި ހަތް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، އެ މީހުންނާ ގުޅުން ހުރި އެޕާޓްމަންޓުތައް ފާސްކުރި އިރު އިތުރަށް މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ފެށީ، އޭގެ ކުރީ ދުވަހު ރާއްޖެ އައި ފްލައިޓަކުން ހަތް ކިލޯ އަށް ވުރެ ގިނަ ޑްރަގްސް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާތީ އެކަމުގެ ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ކަމަށެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރީ، އަބްދުﷲ ރާއިފް، 27 (ލ. ކަލައިދޫ، ހިޔާވަހި)- އެމްޑީ ޖޯޝިމް އުއްޑިން، 43 (ބަންގްލަދޭޝް)- މަމުން ދަލި، 32 (ބަންގްލަދޭޝް) އެވެ.

HajjCop_ads
Advertisement

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރާއިފު ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކުރިއެވެ.

ނަމަވެސް އެ މުއްދަތު ހަމަވެގެން ބަންދުގެ މުއްދަތު އިތުރުކުރަން ހުށަހެޅީ، މައްސަލައިގައި ހިމެނޭ ބަންގަލާދޭޝް ދެ މީހުންގެ މައްޗަށެވެ. އެ ދެ މީހުން އިތުރު ފަސް ދުވަހު ބަންދުގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖެހީ ކުރިން ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައިވާ ވަކީލު ރާއްޖޭން ބޭރަށް ގޮސްފައިވާތީ އިތުރު ވަކީލަކު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދީފައިވާ ކަމަށާއި ހަމަޖެހުނު ވަކީލަށް ގުޅުމުން ކޯޓަށް އައްޔަން ވެފައިވާ ކަމަށް ބުނެފައިވާ ކަމުގައި އައިއޯ ބުނެފައިވީ ނަމަވެސް ވަކީލު ކޯޓަށް ހާޒިރުވެފައިނުވާތީ އެކަމާ ޝަރީއަތުން ސުވާލު ކުރުމުން ވަކީލު ކޯޓަށް އައްޔަންވުމަށް ކޯޓަށް ފޯމުލާފައި ނެތް ކަމަށް އިދާރީ މޭޒުން މައުލޫމާތު ދީފައިވާތީއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ފާސްކުރިއިރު، 13 ކިލޯ އަށް ވުރެ ގިނަ ޑްރަގް ފެނިފައިވާ ކަމަށެވެ. ކަސްޓަމްސް އިން ހަވާލުކުރި ހަތް ކިލޯ އަށް ވުރެ ގިނަ ޑްރަގާ އެކު އެ އޮޕަރޭޝަނުގައި ޖުމްލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ