ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގު ފެހިކުރަން ޚާއްސަ މަސައްކަތްތަކެއް

STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޕަލްސް” ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކަނޑައެޅޭ ވަކި ޚާއްސަ މައުޟޫއަކާއި ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި ވިސްނުންތައް ހާމަކުރުމަށް ގެނެސްްދޭ ޕްރަގްރާމެކެވެ. ފުރަތަމަ ޕްރަގްރާމް ޚާއްސަކުރީ ތިމާވެއްޓަށެވެ.

މި ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޭރުމަގުގައި ގްރީން ބެލެޓެއް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރީ ގްރީން ބެލްޓެއް ތަރައްޤީކުރުން. އެހެން ގޮތަކަށް ދަންނަވަންޏާ ގަސް އިންދުން ނޫނިއްޔާ ބޮޑެތި ޕޮޓްތަކުގައި ތަންކޮޅެއްް ބޮޑެތި ގަސް ޖަހާފައި މިހެން ބަރިއަކަށް ބަހައްޓައިގެން ނަމަވެސް — ބިންމަތީ އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިންތަކެއްގައި. ދެން އެދޭތެރެ މެދުގައި ޕޮޓްތައް ހުންނަ ގޮތަށް ތަންކޮޅެއް ފެހިކޮށް ހިތްގައިމުކޮށް ފެންނާނެހެން ހެދުން،”

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން ބައިވެރިވެއްޖެނަމަ މިއީ ހާސިލުކުރަން ވަރަށް ފަސޭހަ ކަންކަން ކަމަށެވެ. ރައީސް ވަނީ ތިމާވެށީގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމުގައި ދެކި އެންމެވެސް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOEX3Dmb0AEMgoB

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

HN7olzHbEAA8Fao

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ

ބޮޑުތަކުރުފާނު މަގު ޒީނަތްތެރިކުރަން ދިވެހި ރުއް އިންދަން ފަށައިފި

DSC

ދެން ތަރައްޤީކުރަން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދުގެ ސަރަހައްދު: ރައީސް