ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިލޭ ކޮންސަލްޓޭޝަން ދިނުމުގެ ކެމްޕޭނެއް ފަށައިފި

Web Ad
TTH_Ads
STO_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރު ފުރުން ފާހަގަކުރަނީ ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި، އުންމީދު ކުރާ އާއިލާތަކަށް ހޯދައިދީފައިވާ އާ އުންމީދުތަކާ އެކުގައެވެ.

29މެއި 2023 ގައި ހުޅުވުނު މި ސެންޓަރަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް އިންގިލާބީ ބަދަލުތަކެއް ގެނައި ތަނެކެވެ. މިއީ ރާއްޖޭގައި އައި.ވީ.އެފް ގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ސެންޓަރެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ ތާރީޚީ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން، ރާއްޖޭގައި އައި.ވީ.އެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި، މިހާތަނަށް މި ސެންޓަރުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މިއީ މި ސެންޓަރުގެ ތަޖުރިބާކާރު ޓީމުން ކުރާ މަސައްކަތަށް އާންމުންގެ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

MMA_Ads
HajjCop_ads
Advertisement

މި ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އައި.ވީ.އެފް، އައި.ޔޫ.އައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި ސެންޓަރުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުން ކަމަށްވާ ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރްޝާ ރެންގަރާޖް އެވެ. މި ބޭފުޅުންގެ ތަޖުރިބާގެ އެހީގައި ގިނަ ބަޔަކު ދަނީ ކާމިޔާބުކަމާއެކު ދަރިމައިވުމުގެ ފަރުވާ ހޯދަމުންނެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ “ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން” ނުވަތަ ދަރިމައިވުމާ ގުޅޭގޮތުން ހިލޭ ލަފާދޭ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގެ މަގުސަދަކީ ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، މައްސަލައެއް އުޅޭނަމަ ވީހާވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރު ދިނުމެވެ.

މި ފުރުސަތުގެ ދަށުން 13 ޖޫން އިން 71 ޖޫން 2026 އާ ދެމެދު ފާޓިލިޓީ ސްޕެޝަލިސްޓަކާ ހިލޭ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 4  ޖޫން 2026 އިން ފެށިގެން އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ.

މި ކެމްޕޭނުގެ ދަށުން ޖުމްލަ 130 މީހަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހިލޭ ޚިދުމަތުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޮންސަލްޓޭޝަނާއި އެއާ ގުޅޭ ފޮލޯ-އަޕް އެޕޮއިންޓްމަންޓް އެކަންޏެވެ. ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާ އިތުރު ޓެސްޓުތަކާއި، ސްކޭން، ބޭސް އަދި އެހެނިހެން ޕްރޮސީޖާތަކަށް ހޮސްޕިޓަލުގެ އާންމު ރޭޓުން ފީ ނަގާނެއެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން އާސަންދަ ނުވަތަ އެހެން އެއްވެސް އިންޝުއަރެންސެއް ބޭނުން ނުކުރެވޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް، އެންމެ ފަހުގެ ވަސީލަތްތަކާއެކު އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 05 25 at 18.28.03

ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވުމުގެ ތާރީޚީ ކާމިޔާބީ ފާހަގަކޮށްފި

Oo

ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕުގައި ފަރުވާދެނީ

tree top

ޓްރީޓޮޕަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޑިސްކައުންޓްތަކެއް ދެނީ

tree top

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް