ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓީޓީއެޗު ކްލިނިކް މާލޭގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފުކޮށްފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކަމާ އެކު ނާރުގެ ހާއްސަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭ ކްލިނިކްގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާލޭ ކްލިނިކުގައި ނިއުރޯސާޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފުކުރުމަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް އާންމުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. މި ބަދަލުގެ މައިގަނޑު އަމާޒަކީ ބަލިމީހުންނަށް އެންމެ އެކަށީގެންވާ، އަދި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، ހުޅުމާލެއަށް ދަތުރުނުކޮށް މާލެއިން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި ހިދުމަތް ފޯރުކޮށްދެއްވާނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން ޑޮކްޓަރު އަލީ އާފީއެވެ. ޑޮކްޓަރު އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

HajjCop_ads
Advertisement

މި އާ ހިދުމަތުގެ ދަށުން ބަލިމީހުންނަށް ގިނަ ކަންކަމަށް ފަރުވާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އޭގެ ތެރޭގައި މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތަކާއި، ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތައް ހިމެނެއެވެ. މީގެ އިތުރުން ސިކުނޑީގައި ފެން ހެދުމާއި، ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތަކާއި، ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތަކުގެ އިތުރުން ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތަކަށްވެސް ކޮންސަލްޓޭޝަން ލިބޭނެއެވެ.

މާލޭ ބުރުޒުމަގުގައި ހުންނަ މީމު އަލިފު ޗަމްޕާ ވިލާގައި ގާއިމުކޮށްފައިވާ ޓީޓީއެޗު ކްލިނިކުން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހުއެވެ. މި ދުވަސްތަކުގައި ހަވީރު 5 އިން 6 އަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ނާރުގެ ހާއްސަ ފަރުވާ ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Web Ad

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިލޭ ކޮންސަލްޓޭޝަން ދިނުމުގެ ކެމްޕޭނެއް ފަށައިފި

WhatsApp Image 2026 05 25 at 18.28.03

ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވުމުގެ ތާރީޚީ ކާމިޔާބީ ފާހަގަކޮށްފި

Oo

ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕުގައި ފަރުވާދެނީ

tree top

ޓްރީޓޮޕަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޑިސްކައުންޓްތަކެއް ދެނީ