ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވުމުގެ ތާރީޚީ ކާމިޔާބީ ފާހަގަކޮށްފި

WhatsApp Image 2026 05 25 at 18.28.03
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް/އައިޔޫއައި މެދުވެރިކޮށް 100 ކުދިން އުފަންވުމުގެ ތާރީޚީ ކާމިޔާބީ އެ ހޮސްޕިޓަލުން މިއަދު ފާހަގަކޮށްފިއެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާގެ ދާއިރާގައި ހޯދުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

29 މެއި 2023 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ގާއިމުކުރި ފަހުން، އެ ސެންޓަރުން ވަނީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި 100 ކުދިން އުފަންވުމުގެ މި ކާމިޔާބީއަކީ، ދިވެހި އާއިލާތަކުން އެ ސެންޓަރަށް ކުރާ އިތުބާރާއި، އެތަނުގެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

HajjCop_ads
MMA_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަކީ ރާއްޖޭގައި އައިވީއެފް/އައިޔޫއައި ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި މަރުކަޒެވެ. މީގެ ސަބަބުން، މީގެ ކުރިން ރާއްޖޭން ބޭރަށް ގޮސް ބޮޑެތި ހަރަދުތަކެއް ކޮށްގެން މި ފަރުވާ ހޯދަމުންދިޔަ ދެމަފިރިންނަށް ކުރިމަތިވި މާލީ އަދި ނަފްސާނީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ.

އައިވީއެފް މެދުވެރިކޮށް 100 ވަނަ ކުއްޖާ އުފަންވުމަކީ ހަމައެކަނި އަދަދެއް ނޫނެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި 100 އާއިލާއެއްގެ އުންމީދުތައް ހަގީގަތަކަށް ވެގެންދިޔަ ކަމުގެ ރަމްޒެކެވެ. ކޮންމެ ކާމިޔާބު ބަނޑުބޮޑުވުމަކާއި ކޮންމެ އުފަންވި ކުއްޖަކީ، އެ ސެންޓަރުގެ ސްޕެޝަލިސްޓުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުން އަދި އެހެނިހެން މުވައްޒަފުން ކުރަމުންދާ އިޚްލާސްތެރި މަސައްކަތުގެ ހެއްކެކެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެ ސެންޓަރުން ވަނީ ދަރިމައިވުމުގެ ފަރުވާގެ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމާ ގުޅޭ ތަހުލީލުތައް އަދި ކޮންމެ ބަލިމީހަކަށް ވަކިން ބޭނުންވާ ހާއްސަ ފަރުވާގެ ޕްލޭންތައް ހިމެނެއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަނީތާ ގޯރު ވިދާޅުވީ، މުޅި ރާއްޖެއަށް ލިބުނު ފަޚްރެއް ކަމަށެވެ.

“100 ކުދިން އުފަންވުމަކީ މުޅި ޓީމަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. ކޮންމެ ކާމިޔާބު ވާހަކައެއްގެ ފަހަތުގައި ވަނީ ދަރިއަކު ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އާއިލާއެއް. މިފަދަ މުހިންމު ދަތުރެއްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ޝަރަފެއް،” ޑރ. އަނީތާ ވިދާޅުވިއެވެ.

މި ސެންޓަރުގެ ކާމިޔާބީ ބިނާވެފައިވަނީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ މައްޗަށެވެ. މި ޓީމުގައި ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންގެ ތެރޭގައި ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަޙުމަދު އަދި ޑރ. ވަރުޝާ ރެންގަރާޖް ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ތާރީޚީ ކާމިޔާބީ ފާހަގަކުރަމުންދާއިރު، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރާނީ އޯގާތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި އައު ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމަށެވެ.

އާއިލާއެއް ބިނާކުރުމުގެ މި މުހިންމު ދަތުރުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރުކުރި ހުރިހާ އާއިލާތަކަށް އެ ހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގިނަ އާއިލާތަކެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެ ހޮސްޕިޓަލް ދެމިއޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް  3351610އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕުގައި ފަރުވާދެނީ

tree top

ޓްރީޓޮޕަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޑިސްކައުންޓްތަކެއް ދެނީ

tree top

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

Image 20

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ޑާރމައެސްތެޓިކް ޚިދުމަތްތަކުގެ ދަށުން ޕީއާރުޕީ ތެރަޕީ ތައާރަފުކޮށްފި