ލ. ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރޭގައި ކަރަންޓުގައި ޖެހުނީ ލ. ގަމު 14 އަހަރުގެ ކުއްޖެކެވެ.

ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 11:00ގެ ފަހުންނެވެ.

އިޝްތިހާރު އިޝްތިހާރު

ހާދިސާ ހިނގި ވަގުތުން ފެށިގެން އެކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ.

ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށާއި ހާދިސާގެ ތަހުގީގު ކުރިއަށްދާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.