ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފި

PNC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ބާއްވަން ކުރިން ކަނޑައެޅި ތާރީހު އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، އެ އަށް ވުރެ އަވަހަށް ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފި އެވެ. ޕީއެންސީގެ ލީޑަޝިޕުން ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށެވެ.

ޕީއެންސީގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ކޮންގްރެސް ބާއްވާ ތާރީހު އަވަސްކުރަން ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

“ކުރިން ކަނޑައެޅި ތާރީހު މި ދިމާވަނީ ޖީސީއީ އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ. އެހެންވެ ރައީސް އެދިވަޑައިގެންނެވީ އެ އަށް ވުރެ އަވަސްކުރަން،” އޮފިޝަލް

HajjCop_ads
Advertisement

މި ކޮންގްރެސްއަކީ ޕާޓީގެ ޑިމޮކްރަސީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމަށާއި، ރަށްރަށުގެ ސްޓިއަރިން ކޮމެޓީތަކާއި ދާއިރާތަކުގެ ރައީސުން ފަދަ މުހިއްމު މަގާމުތަކަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތް ކުރުމަށް ރައީސް ވަނީ ބާރުއަޅުއްވާފަ އެވެ.

ޕީއެންސީގެ ރައީސް އިތުރަށް ވިދާޅުވީ، ކޮންގްރެސްއަށް މީހުން އައްޔަންކުރާއިރު ގައުމާއި ރަށުގެ މަސްލަހަތުގެ އިތުރުން ދާއިރާގެ މަސްލަހަތު އިސްކުރާނެ ބޭފުޅުންނަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. މި ކޮންގްރެސްގެ ތައްޔާރީތައް މުޅި ރާއްޖޭގައި ފެށުމަށް ރައީސް ގޮވާލެއްވީ މިދިޔަ އޭޕްރިލް މަހު އއ. ރަސްދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

43

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ