ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫން ނިމުމުގެ ކުރިން މ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށަނީ

RTL
STO_Ads
TTH_Ads
Advertisement

ޖޫން މަސް ނިމުމުގެ ކުރިން މ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން މިހާރު ޚިދުމަތް ފެށިފައިނުވަނީ މ. އަތޮޅުގެ އިތުރުން، ކ، އއ، އދ އަދި ވ އަތޮޅުގައެވެ.

އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީ މެދުވެރިކޮށެވެ. އެމްޓީސީސީން މިހާރު އަންނަނީ މ. އަތޮޅުގައި ޚިދުމަތް ފެށުމަށް އެ އަތޮޅުގައި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެހެން އަތޮޅުތަކެކޭ ވެސް އެއްގޮތަށް މ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި، ސްކޫލާއި، ޖަމިއްޔާތައް އަދި އިދާރާތައް ބައިވެރިކޮށްގެން އެމްޓީސީސީން ދަނީ އާރުޓީއެލްގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރަމުންނެވެ.

HajjCop_ads
Advertisement

މިދިޔަ އޭޕްރީލް މަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޮންޖެހުންތަކެއް ހުއްޓަސް އަމާޒަކީ އޮގަސްޓް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލްގެ ޚިދުމަތް ފެށުން ކަމަށެވެ.

ސަރުކާރުން އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ ލ. އަތޮޅުގައެވެ. އޭގެކުރީން ގިނަ އަތޮޅުތަކެއްގައި މި ސަރުކާރުން ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށައިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މެއިންޓަނަންސް މަސައްކަތެއް ކުރާތީ، އާރްޓީއެލްގެ ކުރީގެ ދަތުރުތަކުގެ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބިދާނެ: އެމްޓީސީސީން

Large thumb

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ރައީސް ބައްލަވާލައްވައިފި

HNLanIsbYAA6cXF

ނައިވާދޫ ބަނދަރުގެ %50 މަސައްކަތް ނިމިއްޖެ

445194 3 2e1fbe147bd6012bf2731a55aa5f35355a5ee38d

ބޮޑުތަކުރުފާނު މަގުގައި މިއަދު ތާރުއަޅައި ނިންމަނީ