ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި ހުރި މީހަކު، ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލަޔަކާ ގުޅިގެން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ނޫރީފެހި، މުހައްމަދު ޝާވިން ޝިހާމް (25އ) ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން، ފާއިތުވި މެއި މަހުގެ ތިން ވަނަ ދުވަހުކަމަށެވެ. އެ މައްސަލައާ ގުޅިގެން ޝާވިން ބަންދުގައި ބެހެއްޓުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މެއި 18 ވަނަ ދުވަހުއެވެ.
ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން އެ މަހުގެ 22 ގައި އަލުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު