ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ޓްރެވަލް އެވޯޑްސް ހަފުލާގެ ރަސްމީ މަންޒިލަކީ ކްރޮސްރޯޑްސް

STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ “ވޯލްޑް ޓްރެވަލް އެވޯޑްސް” (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މިއީ ނުވަ އަހަރު ފަހުން މި އެވޯޑް ރާއްޖޭގައި ބާއްވާ ފަހަރެވެ.

މި އެވޯޑަކީ އިންޑިއާ އިންޑިއަން އޯޝަންގެ އިތުރުން އޯޝަނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ފާހަގަކޮށްދޭ އެވޯޑެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ޑަބްލިއުޓީއޭގެ، މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައް ހޮވުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

MMA_Ads
HajjCop_ads
Advertisement

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް ބޮޑު މަގަކަށް ވެގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. ރާއްޖެއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ފަހުރުވެރިކަމާއެކު ދަމަހައްޓަމުން އަންނަ ގައުމެކެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެ