ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޚާއްސަ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

Io
TTH_Ads
STO_Ads
Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ ފަތުރުވެރިކަމުގެ އެވޯޑު ދިނުމުގެ ޚާއްސަ ރަސްމިއްޔާތު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ބާއްވާ މި އިވެންޓަކީ އޭޝިއާ، އޯޝަނިއާ އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފަންތީގެ ވެރިން އެއްތަންވާ ބޮޑު އިވެންޓެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާ ހަފުލާމި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ އިންޓަގްރޭޓެޑް ލައިފްސްޓައިލް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެރީއެއްގައި 15 މިނިޓުން ދެވޭ މި މަންޒިލަކީ ތިން ރިސޯޓެއް އެކުލެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ޑަބްލިއުޓީއޭގެ ފައުންޑަރ ގްރޭހަމް ކުކް ވިދާޅުވި ގޮތުގައި، ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި އާ އީޖާދުތަކާއި އުންމީދުތައް ދައްކުވައިދޭ މަންޒިލެކެވެ.

HajjCop_ads
Advertisement

ސަރަހައްދީ ފަތުރުވެރިކަމުގެ ޝަރަފުމި ރަސްމިއްޔާތަކީ އިންޑިއަން އޯޝަން ލެގްގެ ދަށުން ބާއްވާ ޚާއްސަ އިވެންޓެކެވެ. ޑަބްލިއުޓީއޭއިން ބުނާ ގޮތުގައި މި ނިންމުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަކަމާއި، ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ ހެއްކެކެވެ. މި ހަފުލާގައި އޭޝިއާ، ޕެސިފިކް އަދި އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފަރާތްތައް ބައިވެރިވެ، އެ ސަރަހައްދުތަކުގެ ކާމިޔާބީތައް ފާހަގަކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިފަދަ ޝަރަފުވެރި އެވޯޑެއް އަލުން ރާއްޖޭގައި ބޭއްވުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މި އެވޯޑު، އަލުން ބޭއްވުމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރީގެ ފަތުރުވެރި މަންޒިލްކަން ދައްކުވައިދޭ ކަމެކެވެ. މި އިވެންޓުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހަންމިއްޔަތު މުޅި ދުނިޔެއަށް ހާމަވެގެންދާނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!

Oo

ބައިނަލްއަގުވާމީ މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސް އިން ހުޅުވާލައިފި

WhatsApp Image 2026 03 03 at 12.58.23

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި