ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލުމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތެއް: ރައީސް

muiz
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ، ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލުމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރިވެތި އަހުލާގާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މައިދާނެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރުން ދެކުނަށް އޮންނަ ޖޯގުރަފީގެ ދުރުމިން ނައްތާލައި، ދިވެހި ޒުވާނުން އެއްބައިވަންތަކުރުމުގައި ސްކައުޓް ހަރަކާތް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި، އެހީތެރިވުމުގެ ރޫހަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރީތި ސިފަތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އިންސާނިއްޔަތަށް ހިދުމަތްކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ހަނދާންކޮށްދެއްވަމުން، ގައުމަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއެއްގައި ސްކައުޓުން ދައްކާފައިވާ ހިތްވަރަށް ރައީސް ތައުރީފުކުރެއްވިއެވެ. ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ކާރިސާގައި ސްކައުޓުން އެއްވެސް ޖެހިލުމެއްނެތި ގައުމީ ހިދުމަތަށް ނުކުމެ ދިން އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަދަރުސީ ދައުރުގައި އަމިއްލަފުޅަށްވެސް ސްކައުޓް ހަރަކާތުގައި އުޅުއްވިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ހަރަކާތުން ދަސްވި ހުނަރުތަކާއި ތަޖުރިބާއަކީ ހަޔާތުގެ ކޮންމެ ފިޔަވަޅެއްގައިވެސް އެމަނިކުފާނަށް މަގުދައްކައިދިން މުހިންމު ކަންތައްތަކެއް ކަމަށެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 9fimPf9YNfouXmHQg5H6SlC4h

5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުން ސްކައުޓުންނަށް “ޓްރީ ގާޑިއަން” ބެޖު!

ގއ އަދި ގދ އަތޮޅަށް ޙާއްސަ ޤައުމީ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ކާމިޔާބުކަމާއެކު ނިންމާލައިފި

kendhoo

ކެންދޫ ސްކޫލްގެ ސްކައުޓް ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނަގައިފި

ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި