ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުން މިހާތަނަށް ހިމަބިހީގެ 9 ކޭސްވަނީ ފެނިފައި

TTH_Ads
STO_Ads
Advertisement

މާލެ ސަރަހައްދުން މިހާތަނަށް ހިމަބިހީގެ 9 ކޭސްވަނީ ފެނިފައި ވާތީ ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ. އެއާއެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިމެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމައި ގުޅިގެން އެޗްޕީއޭއިން މިހާރުދަނީ އެފަރާތްތަކާއި ބައްދަލުވީ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މާލެ ސަރަޙައްދުން 9 ފަރާތެއްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް އަޅުގަނޑުމެން ވެކްސިން އެބަދެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2 ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ.” ނާޝިޔާ

ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބހީގެ ވެކްސިންގެ 2ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކޮށްދެއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ތެރޭގައި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ހިމެނެއެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަނަމަ މީހުންގެ ތެރެއަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ސިއްޙީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދާއިރުވެސް މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

މިދުވަސްވަރު ޗުއްޓީއަށް ގިނަ ބަޔަކު ދަތުރުކުރަމުންދާތީ ގައިންގަޔަށް އަރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެކި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ. އެގޮތުން ދަތުރަށްފަހު ހުމާ ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުންގެ ތެރެއަށް ނުގޮސް ގޭގައި މަޑުކުރުމަކީ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ މުހިއްމުކަމެކެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާލެ ސަރަހައްދުން 6 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

health ministry

އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އަދިވެސް ފެތުރެނީ، ސަމާލުވާން އިލްތިމާސެއް

health ministry

ޑެންގީ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރު

health ministry

ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުސަތު ކުޑަ: އެޗްޕީއޭ