ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދަކީ އަރަފާތު ދުވަސް

hajj umra
TTH_Ads
STO_Ads
Advertisement

އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް ﷲ އެކަލާނގެ ދީން ފުރިހަމަކޮށްދެއްވި ދުވަސްކަން ކީރިތި ޤުރުއާނުން އެނގެއެވެ.

އެއީ ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. އަރަފާތު ބިމުގައި ހައްޖުވެރިން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ.

އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމަށް ވެސް ހާއްސަ ދުވަހެކެވެ. އެންމެ ހެޔޮ ދުއާއަކީ އަރަފާތު ދުވަހު ކުރާ ދުއާކަމަށް ކީރިތި ރަސޫލާ(ޞ.ޢ.ވ) ހަދީޘް ކުރައްވާފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

މިއަދު ކުރުން އެންމެ އެދެވިގެންވާ ދުޢާ:

لا إله إلا الله وحدهُ لا شريك لهُ، لهُ الملكُ ولهُ الحمدُ، وهو على كل شيءٍ قدير

މިދުޢާއަށްފަހު އެންމެ ގިނައިން ދުޢާކޮށް އެދެންވީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ.

ނަރަކައިން ސަލާމަތްކޮށް ދެއްވެވުމަށެވެ. ދުނިޔެއިން އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރަންވީ 3 ވަނައިގައެވެ.

އަރަފާތު ދުވަހުގެ ހާއްސަ ކަންކަން:

ދުއާކުރުން: މީހާގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ވީހާވެސް ގިނައިން ދުޢާކުރުން.

ރޯދަ ހިފުން: ހައްޖުގެ އަޅުކަމުގައި ނުވާ މީހުންނަށް މިދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވެއެވެ. އެއީ ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނެ ކަމެކެވެ.

ޒިކުރުކުރުން: تەكبىر ކިޔުމާއި، ޒިކުރުކުރުމުގައި ދުވަސް ހޭދަކުރުން.

ދުޢާ ކުރުން އެންމެ ހެޔޮ ވެގެންވާ ދުވަސްކަމުގައި އަރަފާތު ދުވަސް ވާއިރު، މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ޝެއިޚު މުހައްމަދު ބާޖޫރުގެ ދަރުސެއްގައި، އެމަނިކުފާނު ވަނީ އަރަފާތު ދުވަހު ދުޢާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނަސޭހަތް ދެއްވަވައިފައެވެ.

ޝެއިޚު ވިދާޅުވިއެވެ. ތިބާ ވަޒީފާއެއް ހޯދަނީ ހެއްޔެވެ؟ (އެހެންކަމަށްވާނަމަ) ދުވަހަކީ އެއީއެވެ! އަރަފާތު ދުވަހު، ވަޒީފާ އަކަށް އެދެންވީއެވެ!

ޞިއްޙީ މައްސަލަތަކެއް ހުންނަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ގޭގައި މައްސަލަތަކެއް އުޅެނީ ހެއްޔެވެ؟ ﷲގެ ހަޟްރަތުގައި އާދޭސް ކުރަންވީ އެ ދުވަހުގައެވެ!

ދަރިއަކު ބޭނުންވަނީ ހެއްޔެވެ؟ ދަރިއަކު ލިބުމުން ތިބާ މަހުރޫމްވެފައި ވަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

އަނބިމީހާ/ފިރިމީހާގެ އާއިލާއާމެދު މައްސަލަ އުޅެނީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ދައްކަން ހުރި ބައިވަރު ދަރަނިތަކެއް ހުރީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ޢަރަފާތު ދުވަހުގެ ދުޢާއިން ހާސިލުވި އަޖައިބު ކުރުވަނިވި ކަންކަމުގެ ވާހަކަ ތިބާ ނިކަން މީހުން ކައިރީގައި އަހާބަލާށެވެ! އެންމެ މޮޅު ދުޢާ އަކީ އަޞުރު ނަމާދާއި މަޣްރިބު ނަމާދާއި ދެމެދުގެ ދުޢާއެވެ.

އެ ދުވަހު ތިބާއަށް އެކަހެރި ވެވޭނެނަމަ، މިސްކިތަށް ގޮސް މި 3 ގަޑިއިރު ހަމައެކަނި ދުޢާއަށް ހުސްކޮށްލާށެވެ!

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޢަރަފާތް ދުވަސް