ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢަރަފާތް ދުވަސް

Maldivian_Ads
STO_Ads
TTH_Ads
Advertisement

لحمد لله رب العالمين. الصلاة و السلام على نبينا محمد و آله صحبه أجمعبن. أما بعد:

ޢަރަފާތްދުވަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ މާތްކުރެއްވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަކީ އެދުވަސްތަކެއްގައި ކުރެވޭ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކުގައި ތެރޭގައި ހިމެނޭ ދުވަހެކެވެ. އެދުވަހުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން ކުރުގޮތަކަށް މިތަނުގައި އެދުވަހުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ނައްޞުތައް ޛިކުރުކޮށްލާނަމެވެ.

1. އެދުވަހަކީ އެދުވަހެއްގައި ﷲގެ ދީން ފުރިހަމަކުރެއްވި ދުވަހެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. عَنْ عُمَرَ بْنِ الْخَطَّابِ أَنَّ رَجُلًا مِنْ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ. (1)

HajjCop_ads
Advertisement

މާނައީ: ޢުމަރު ބިން ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ތިޔަބައިމީހުންގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއް، އެއީ ތިމަންނާމެން ޔަހޫދީންގެ މައްޗަަށްވާނަމަ އެދުވަހަކީ ބޮޑުވެގެންވާ ޢީދެއްކަމުގައި ހެދީމުހެވެ. ވިދާޅުވިއެވެ. ކޮން އާޔަތެއް ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ. ” الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا (މިއާޔަތެވެ.)” ޢުމަރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ތިމަންބޭކަލުންނަށް ހަމަކަށަވަރުން ތިޔަދުވަސް އެނގެއެވެ. އަދި އެއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވަލެއްވި ތަންވެސް އެނގެއެވެ. އެތަނަކީ ހުކުރު ދުވަހު ޢަރަފާތް ބިމުގައި އެކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ.”

އެބަހީ ޢުމަރު ރަޟިޔަﷲ ޢަންހުގެ މުރާދަކީ އެއީ މުސްލިމުންގެ ގާތުގައި ވަރަށްވެސް މަތިވެރި ދުވަހެކެވެ. ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެކެވެ. އަދި ޢަރަފާތް ދުވަހަކީ އެޔަށްވުރެވެސް ބޮޑުވެގެންވާ ދުވަހެކެވެ.

2. އެދުވަހަކީ އެދުވަހެއްގައި ހިފާ ރޯދައިގެ ސަބަބުން ދެއަހަރެއްގެ ފާފަ ފުހެލޭކަމަށް ބަޔާންވެގެންވާ ދުވަހެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. : (صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ) (2)

މާނައީ: “ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމަށް އުުއްމީދުކުރައްވަމެވެ.”

3. އެދުވަހަކީ އެދުވަހެއްގައި އެންމެގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަސްކަމަށް ވާރިދުވެގެންވާ ދުވަހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ.)(3)

މާނައީ: “ދުވަސްތަކުގެ ތެރެއިން الله ސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތިނުކުރައްވަތެވެ.”

4. އެދުވަހަކީ އެދުވަހެއްގައި ޢަރަފާތުގައި ތިބިމީހުންގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ ދުވަހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.

” إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلَائِكَتَهُ بِأَهْلِ عَرَفَةَ عَشِيَّةَ عَرَفَةَ فَيَقُولُ : انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثًا غُبْرًا ” (4)

މާނައީ: ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ މަލާއިކަތުންގެ މައްޗަށް ޢަރަފާތުގެ އަހުލުވެރިންގެ ސަބަބުން ޢަރަފާތްދުވަހު ފަޚުރުވެރިވޮޑިގަނެއެވެ. އަދި ބަސްފުޅު ވަޙީކުރައްވައެވެ. “ތިމަންއިލާހުގެ އަޅުތަކުންނަށް ބަލާބަލާށެވެ. ތިމަންއިލާހަށްޓަކައި އެބައިމީހުން ބޯހޭވި ހިރަފުސްވެފައިވާ ހާލުގައި އެވަނީ އައިސްފައެވެ.”

5. އެދުވަހަކީ އެދުވަހެއް ގަންދެއްވައި ﷲ ސުބުޙާނަހޫ ވަތައާލާ ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވާ ދުވަހެކެވެ. (وَالشَّفْعِ وَالْوَتْرِ ) (5)

މިއާޔަތުގެ ތަފްސީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. الشَّفْعِ އަކީ ޢަޟްޙާ ޢީދު ދުވަހެވެ. الْوَتْرِ އަކީ ޢަރަފާތް ދުވަހެވެ. (6)

6. އެދުވަހަކީ އެދުވަހުގައި ކުރާ ދުޢާ އެންމެ ހެޔޮވެގެންވާ ދުވަހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) (7)

މާނައީ: “އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރާދުޢާއެވެ. ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.”

7. އެދުވަހަކީ އެދުވަހުގައި ޢަރަފާތުގެ ބިމުގައި ހުރުން އެއީ ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައި ލައްވާފައިވާ ދުވަހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (الْحَجُّ عَرَفَةُ) (8)

މާނައީ: “ޙައްޖަކީ ޢަރަފާތެވެ.”

އަދިވެސް މިނޫން އެތައް ޙަދީޘްތަކެއް އެދުވަހުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވެއެވެ.އެދުވަހާއި ބެހޭގޮތުން ވާރިދުވެފައިވާ ޢާންމު ކަންކަމުގެ ތެރޭގައި ދިހަ ދުވަހުގެ މާތްކަމާއި ބެހޭގޮތުންނާއި އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކާއިބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތައް ހިމެނެއެވެ.

ސަބަބަކީ އެދުވަހަކީ ދިހަ ދުވަހުގެ ތެރެއިން ހިމެނޭ ދުވަހެއްކަމުގައި ވާތީއެވެ. އަދި އެންމެ މަތިވެރި ހަތަރު މައްސަރުގައި އަންނަ ދުވަހެއްކަމުގައި ވާތީއެވެ. މިކަންކަން ޙައްޖުމަހުގެ މާތްކަމާއި ބެެހޭގޮތުން ލިޔެވިފައިވާ ލިޔުމުގައި އިސްވެހިނގައްޖެއެވެ. وصلى الله وسلم على محمد وآله و صحبه أجمعين. آمين.

މަރުޖިޢުތައް. ___________________ (1) رواه البخاري (45) بَاب زِيَادَةِ الْإِيمَانِ وَنُقْصَانِهِ، كتاب الإيمان. (2) رواه مسلم (1162)، بَاب اسْتِحْبَابِ صِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَوْمِ يَوْمِ عَرَفَةَ وَعَاشُورَاءَ وَالِاثْنَيْنِ وَالْخَمِيسِ. كتاب الصيام. (3) رواه مسلم (1348) بَاب فِي فَضْلِ الْحَجِّ وَالْعُمْرَةِ وَيَوْمِ عَرَفَةَ، كتاب الحج. (4) رواه الطبراني في المعجم الصغير (575) و الكبير، و صححه الألباني في صحيح الترغيب (1153) و أيضا رواه أحمد. (5) سورة الفجر: 3. (6) تفسير ابن كثير. في تفسير قوله تعالى (والشفع و الوتر). (7) رواه الترمزي (3585) بَاب فِي دُعَاءِ يَوْمِ عَرَفَةَ، كتاب الدعوات. و حسنه الألباني. (8) رواه النسائي (3016) باب فَرْضُ الْوُقُوفِ بِعَرَفَةَ، كتاب مناسك الحج، و غيره من أصحاب السنن و أحمد.

ނޯޓު: މިލިޔުން ލިޔުމުގެ ޢަޞްލަކަށް ބެލިފައިވަނީ (SAAID.NET ) ގައި ލިޔެވިފައިވާ (فضل يوم عرفة وحال السلف فيه) މި ލިޔުމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

hajj umra

މިއަދަކީ އަރަފާތު ދުވަސް

hajj flight

ދިވެހި ހައްޖުވެރިންގެ ތިންވަނަ ފްލައިޓް މިއަދު ފުރާނެ