ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޓަލީގެ ޑައިވަރުން ސަލާމަތްކުރަން އެހީވި ފުލުހުންގެ ޑައިވް ޓީމަށް ހޯމް މިނިސްޓަރާއި ސީޕީ ތައުރީފު ކުރައްވައިފި

H6txovzbmjojwefnjhdb
STO_Ads
TTH_Ads
Advertisement

ވ. އަލިމަތާ ކައިރީގައި އޮންނަ ފަރުގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި ފުލުހުންގެ ޑައިވް ޓީމުން ދެއްކި ހިތްވަރަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ތައުރީފު ކުރައްވައިފިއެވެ.

މި މަހުގެ ސާދަ ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި އިޓަލީގެ ފަސް ފަތުރުވެރިންނާއި، އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. ނިޔާވި ފަތުރުވެރިންގެ ހަށިގަނޑުތައް މިހާރު އިޓަލީއަށް ފޮނުވާލާފައިވާއިރު، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި މަރާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށާފައެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ޖެނޯއާގެ ފުލުހުން ވަނީ ނިޔާވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި އެހެނިހެން އިލެކްޓްރޯނިކް އާލާތްތައް ހިފަހައްޓާފައެވެ. އަދި އެ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

HajjCop_ads
MMA_Ads
Advertisement

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފުރަތަމަ ފެށީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. ނަމަވެސް، ފުރަތަމަ ޑައިވްގައި ސިފައިންގެ ޑައިވަރު މަހުދީ ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން މެދުކަނޑާލުމަށްފަހު، އަލުން ފަށައި ނިންމާލީ ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ އެހީތެރިކަމާއެކުގައެވެ.

މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އާދީއްތަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި ބައްދަލުކުރައްވައި، ވަޒީރު އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ ބުރަ މަސައްކަތާއި ހިތްވަރު ފާހަގަކުރައްވައި، އާންމުންނަށް ޚިދުމަތް ދިނުމާއި ގާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭ އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، ރިސާޗަރ މޫރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓެންޓް ފެޑެރީކޯ ގުއަލްޓިއޭރީ އަދި އިންސްޓްރަކްޓަރ ޖިއަންލޫކާ ބެނެޑެޓީއެވެ.

މީހުން ސަލާމަތްކުރި ޓީމުން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޮހަޅައަށް ވަނީ އަމިއްލައަށެވެ. އަދި އެ މީހުން ތާށިވީ ބަންދުވެފައިވާ މަގަކުން ކުރިއަށް ދެވުމުގެ ސަބަބުންނެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅަ ތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ލޮލަށް ފެންނަ މިންވަރު ދަށްވެ، ނުބައި މަގަކުން ދެވުނީ އެއީ ނުކުންނަ މަގު ކަމަށް ހީކޮށެވެ.

ހަތަރު ޑައިވަރުންގެ ހަށިގަނޑު އެއްތަނަކުން ފެނިފައިވާއިރު، ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ފުރަތަމަ ބައިންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ޝަމްޢާންގެ ތަހުގީގް ހިންގީ އެއްވެސް ނުފޫޒެއްނެތި ހެކީގެ މައްޗަށް މައްޗަށް ބިނާކޮށް: ފުލުހުން

Big gsZHo8fiJzMlflYX81R5o4eOp

ރަސްމީ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އާސިފަށް ސަބް އިންސްޕެކްޓަރުގެ ރޭންކު

Big Zmgelv5OfJB1lxvi99HFrY3sv

ފުލުހުންގެ ޑިއުޓީގައި ހުއްޓައި ނިޔާވި އާސިފްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

Asdfg

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ނިޔާވީ ސާޖަންޓް އަހްމަދު އާސިފް