ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓު އިސްލާހުކޮށް، ޝަކުވާއަށް ހުޅުވާލައިފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓު އިސްލާހުކުރުމަށްފަހު، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް އެ ޕާޓީން ދީފިއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި، ވޯޓުލާ މީހުންގެ ވަގުތީ ލިސްޓު އިސްލާހުކޮށްފައިވަނީ ކުރިން ހުށަހަޅާފައިވާ ޝަކުވާތަކާއި ރީ-ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅި ފޯމުތަކަށް ބިނާކޮށެވެ. އާދީއްތަ ދުވަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިކަމަށް އެންމެ ފަހުގެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 02:00 އަށެވެ. އަދި މި ވަގުތުގެ ފަހުން އިތުރު އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަމަށް އެ ޕާޓީން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު) އެވެ. މީގެ ތެރެއިން މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ރައީސް ނަޝީދާއި މީކާއިލްއާ ދެމެދުގައެވެ.

HajjCop_ads
Advertisement

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ފައްޔާޒް އިސްމާއީލަށް ދެއްވުމަށް ތާއީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އަނެއްކޮޅުން މީކާއިލް ވައުދުވެވަޑައިގަންނަވަނީ ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލައި، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވަކި ފަރާތަކަށް ނުޖެހި ހުންނެވުމަށެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޗެއާޕާސަން ހޮވުމަށް ބާއްވާ މުހިންމު އިންތިޚާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހުއެވެ. މިއީ އެ ޕާޓީގެ މުސްތަގުބަލާއި ސިޔާސީ މިސްރާބު ކަނޑައެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ