ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް މިއަހަރު ހިމާޔަތްކުރަނީ

Large 145821343722BrkI
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް މިއަހަރު ޚިމާޔަތް ކުރާނެކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ބުނެފިއެވެ. ރާއްޖޭގެ ޤުދުރަތީ މުއްސަނދި ސަރަހައްދުތައް ހިމާޔަތްކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ދެނެގަނެ އެތަންތަން ހިމާޔަތްކުރުމަށް އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓް މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަޙްމަދު ސާން ވިދާޅުވީ، ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ބައެއް ސަރަހައްދުތައް ޤަވާއިދުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ބައެއް ސަރަހައްދުތަކަކީ، އާންމުން މާ ގިނައިން ބޭނުން ނުކުރާ ސަރަހައްދަކަށް ވުމާއެކު އެހާވަރަށް މޮނިޓަރ ކުރަން ނުޖެހޭ ސަރަހައްދުތަކެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ސާން ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ ވަރަށް ކުޑަ އިންސައްތައެއް ކަަމަށެވެ. މިއަހަރު އިތުރު ސަރަަހައްދުތަކެއް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިތުރު 2 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމާފައިވާ ކަމަށް ސާން ވިދާޅުވިއެވެ. އެ ދެ ސަރަހައްދަކީ، އދ. އަތޮޅު ސަރަހައްދުގެ އިތުރުން ހދ. އަތޮޅުގެ ސަރަހައްދުތަކެއްކަން ފާހަގަކުރައްވާ ސާން ވިދާޅުވީ، ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ތ.އަތޮޅުގެ ސަރަހައްދުތަކެއް ހިމާޔަތް ކުރުމަށް ސާރވޭ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ޕްލޭންކޮށްފައިވާ ކަމަށް ސާން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތް ކުރުމަށްވެސް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ވިލާތު އިއްތިހާދު، އީޔޫއިން 4 މިލިޔަން ޔޫރޯގެ އެހީ ދިނުމުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް މަޝްރޫއު އިފުތިތާހުކޮށްފި

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި

ވައިގެ ކޮލިޓީ ބެލުމުގެ 4 ސްޓޭޝަން މިއަހަރު ޤާއިމްކުރަނީ