ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި

STO_Ads
TTH_Ads

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށެވެ. އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި ނޭޗާރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

HajjCop_ads

ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތައް:
• ހއ. މޮޅަދޫ
• ހދ. ކުމުންދޫ
• ނ. ލަންދޫ
• ކ. ހުރާ
• އދ. އޮމަދޫ
• މ. ކޮޅުފުށި
• ތ. ކިނބިދޫ
• ލ. ގަން
• ގއ. ކޮނޑޭ
• ގދ. ފިޔޮރީ

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރުމަށްފަހު އެތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް ކަނޑައެޅިފައިވާކަމަށެވެ. އަދި ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ނޭޗަރ ޕާކުތަކެއް ތަރައްޤީކޮށްފައިވާއިރު، މި ޕާކުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު މަންފާތަކެއް ދަނީ ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވައިގެ ކޮލިޓީ ބެލުމުގެ 4 ސްޓޭޝަން މިއަހަރު ޤާއިމްކުރަނީ