ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވައިގެ ކޮލިޓީ ބެލުމުގެ 4 ސްޓޭޝަން މިއަހަރު ޤާއިމްކުރަނީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ވައިގެ ކޮލިޓީ ބެލުމަށް މާލޭ ސަރަހައްދުގައި މިއަހަރު ތެރޭގައި 4 ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ.

ރާއްޖޭގެ ވައިގެ ކޮލިޓީ ދައްވުމާއި ދުންފުހުގެ އަސަރު މިފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން މިކަން އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓު މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ ވައިގެ ކޮލިޓީ ބެލުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި އާންމުންނަށް ފޯނުން އެއަރ ކޮލިޓީ މިހާރު ބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 7 ރަށެއްގައި މި ނިޒާމު ޤާއިމްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެ 7 ރަށަކީ ވިލިނގިލި، ށ. ފުނަދޫ، ލ.ގަން، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ، އަދި ކުޅުދުއްފުށިއެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 145821343722BrkI

ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް މިއަހަރު ހިމާޔަތްކުރަނީ

ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް މަޝްރޫއު އިފުތިތާހުކޮށްފި

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި