ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޯދަނީ

Io
STO_Ads
TTH_Ads
Advertisement

ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ 46 ވަނަ ކިންގް އަބްދުލްއަޒީޒް ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ބައިވެރިން ހޯދުމަށް ކީރި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން މިއަދު އިއުލާނުކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބަޔަކުންނެވެ. ކޮންމެ ބަޔަކުން އަންހެން އަދި ފިރިހެން ބައިވެރިއަކު ހޮވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭ މައިގަނޑު ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެއެވެ. އެއީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ގުރުއާން އެއްކޮށް ހިތުން ކިޔަވަން އެނގޭ، ހިފްޒުކުރުމުގެ ސަނަދު އޮންނަ ފަރާތްތަކަށް ހާއްސަ މުޅި ގުރުއާން ހިތުދަސްކުރުމުގެ ބަޔާއި، ގުރުއާނުގެ ވިދިވިދިގެންވާ 15 ފޮތް ތަރުތީބުން ތަޖުވީދުގެ ހުކުމްތަކާއެކު ހިތުން ކިޔަވަން އެނގޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެވެ.

HajjCop_ads
MMA_Ads
Advertisement

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު އުމުރުން 25 އަހަރު ނުފުރޭ ފަރާތަކަށް ވުން ހިމެނެއެވެ. އަދި މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ކީރި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ކަނޑައަޅާނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ އިމްތިހާނަކަށް ފަހުގައެވެ.

މި މުބާރާތަށް ހޮވޭ ފަރާތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނުވަތަ 17 އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވާނަމަ، އެ ފަރާތެއްގެ ބެލެނިވެރިއަކު ދިއުމުގެ ހުރިހާ އިންތިޒާމެއް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެކަމަށް ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މި އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއް ވަނަ އެމްއެންޑީއެފް ހޯދައިފި

Whatsapp image 2025 11 28 at 23.02.22

ދިއްދޫގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި