ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ ބޯޓުދެލި މައިނެއްގައި ހިނގި ހިތާމަވެރި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

STO_Ads
MPL_Ads
TTH_Ads
Advertisement

ޗައިނާގެ ޝަންޗީ ޕްރޮވިންސްގައި ހުންނަ ލުއިޝެންޔޫ ބޯޓު ދެލި މައިނުގައި ގޭސް ގޮވުމެއް ހިނގުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި މެސެޖުގައި އެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސްވަނީ ހިތާމަފާޅުކުރައްވާފައެވެ. އެ ހާދިސާގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ޑރ.މުޢިއްޒުވަނީ މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

HajjCop_ads
MPL_Ads
Advertisement

ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ ދެމިއޮންނާނީ ޗައިނާއާއެކުކަން ފާހަގަކުރައްވައި، މި ހިތާމަވެރި ހާދިސާގއި އަސަރުކުރި ހުރިހާ އެންމެނަށް ހިތްވަރާއި ގަދަކަން ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވަމުން، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބު ލިބުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

މި ހިތާމަވެރި ހާދިސާގައި މަދުވެގެން 82 މީހަކު މަރުވެފައިވާކަމަށާއި، އެ ހާދިސާ ހިނގި މައިނުގައި މަސައްކަތްކުރި ދެ މީހަކު ގެއްލިފައިވާކަމަށް ޗައިނާގެ އިދާރާތަކުން ބުނެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު ޗައިނާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ހުކުރުދުވަހު މި ހާދިސާ ހިނގިއިރު އެ މައިނުގައި 247 މީހަކު މަސައްކަތްކުރަމުންދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއިން 100 އެއްހައި މީހުން އަދިވެސް ސަލާމަތްކުރަންްޖެހިފައިވާކަމަށް ޗައިނާގެ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވަނީ މީހުން ސަލާމަތްކުރުމާއި އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާކުރުމުގައި އެއްވެސް މިންވަރަކަށް ހަރަދު ކުޑަނުކުރާނެ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ ސަފީރު، މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

“ތައްޔާރު” މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި