ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާކޮށްފި

Io
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމަށްވާ ނިކޮލް ޗުލިކް ތިލަފުއްޓަށް ވަޑައިގެން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައި، އެމެރިކާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެމެރިކާގެ އެމްބަސީން ހާމަކުރި ގޮތުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ނިކޮލް ޗުލިކް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ތިލަފުއްޓަށް ވަޑައިގެން، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ. މި ދަތުރުފުޅުގައި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަޝްރޫއުގެ މިހާރުގެ ހާލަތާއި އެމެރިކާއަށް ފޯރުކޮށްދެވޭނެ އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރުގައި ދިމާވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުން ކުޑަކުރުމަށް ފަށާފައިވާ މަޝްރޫއެކެވެ. އެމްޕީއެލްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އައިމަން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ފަސޭހަ ކޮށްދިނުމާއި، ބަނދަރުގެ ހިދުމަތްތައް އަވަސްކުރުމެވެ. ތިލަފުށިން އެމްޕީއެލްއަށް 20 ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކުރީ ފެބްރުއަރީ 2026 ގައެވެ. މި ކުންފުންޏާ ހަވާލުކޮށްފައިވަނީ 125 މީޓަރުގެ ބާތެއްގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރު ބަނދަރުކުރެވޭނެ ސަރަހައްދެއް ތަރައްގީކުރުމަށެވެ. އަދި ބަނދަރުގައި ބޭނުންކުރާނެ ކްރޭން ހަރުކުރުމާއި، މަޝްރޫއަށް ބޭނުންވާ ސާވޭ އާއި ޑިޒައިންގެ މަސައްކަތްތައް ކުރުމަށްވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mpl

މިދިޔަ ހަފްތާގައި 44 ހާހަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

WhatsApp Image 2026 07 20 at 13.15.06

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކޮށްފި

MPL

އެމްޕީއެލްއިން މިދިޔަ ހަފުތާގައި 1،800 ކޮންޓެއިނާ ކްލިއާކޮށްފި

Large thumb

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމައިފި