ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދު ބަންދުގައި އަތޮޅުތަކަށް މޫސުން ގޯސް

TTH_Ads
STO_Ads
Advertisement

ޢީދު ބަންދުގައިވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ވިދާޅުވިއެވެ. އެ އިދާރާއިން ވިދާޅުވީ، މިމަހުގެ 24،23 އަދި 25ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

އަދި ޢީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ، އެކި ހިސާބުތަކަށް ސަމާލުވެސް ނެރެމުންނެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، އެ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ، މެންދުރު 12:00އިން އިރުއޮއްސި 6:00އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 6-3 ފޫޓުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ، ޅ.އޮޅުވެލިފުއްޓަށެވެ. އެރަށަށް 11.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

މިއަދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓް އޮފީސް

moosun

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް

moosun MNDF

ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

moosun

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ