ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުސަތު ކުޑަ: އެޗްޕީއޭ

health ministry
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު މިދިޔަ ހަފްތާގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އުގާންޑާގައި އެބޯލާ އައުޓްބްރޭކެއްގެ ހާލަތު އިއުލާނު ކޮށްފައިވެއެވެ.

އެޗްޕީއޭއިން އިއްޔެ ބުނެފައިވަނީ ކަމާގުޅުންހުރި ފަރާތްތަކާ އެކު މިވަގުތުގެ ހާލަތު ދިރާސާކުރަމުންދާކަމަށެވެ. ރޭ އެޗްޕީއޭއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި އިތުރަށް ބުނެފައިވަނީ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލި ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

HajjCop_ads
Advertisement

މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 މީހަކު ފެނިފައި ވެއެވެ. ބަލި ޖެހިގެން 80 މީހުން މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މިއީ 1976 ވަނަ އަހަރު މި ވައިރަސް ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި ރިޕޯޓުކުރެވުނު 17 ވަނަ އެބޯލާ އައުޓްބްރޭކެވެ.

މިހާރު މި ބަލި ވަނީ ކޮންގޯގެ ބޯޑަރު ހުރަސްކޮށް ޔުގެންޑާއަށް ފެތުރިފަ އެވެ. އެގައުމުގެ ކަމްޕާލާއިން ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް ބަލި ޖެހިފައިވާ މީހަކު ފެނިފައިވެއެވެ.

މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާއިރު ބަލި ހުރިތޯ ބެލުމަށް ހަދަމުން އަންނަ ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވާ މިންވަރު ދަނީ މަތިވަމުން ނެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުން ނެވެ. އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ