ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަނަށް ފިންލޭންޑުގެ މާހިރުން ރާއްޖެ އައިސްފި

TTH_Ads
STO_Ads
Advertisement

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރަކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި މީހުން ހޯދުމަށް ސިފައިން ކުރަމުންދިޔަ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައިވަނީ، އެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވުމާ ގުޅިގެންނެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވި ގޮތުގައި، އިޓަލީ ސަރުކާރުގެ ހުށަހެޅުމަކަށް ބޭނުންވާ ސާމާނާއެކު ރާއްޖެ އައި މި ޑައިވަރުންގެ ތެރޭގައި ކޭވް ޑައިވިންއަށް ހާއްސަ މާހިރަކު ވެސް ހިމެނެއެވެ. އިޓަލީގެ ކުންފުންޏެއްގައި މަސައްކަތްކުރާ މި ޓީމުން ކުރިއަށް އޮތް ތަނުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފްއާ ގުޅިގެންނެވެ. މީގެ އިތުރުން، މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

ވ. އަލިމަތާ ކައިރިން އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައިވަނީ، ރާއްޖޭގެ ޑައިވިން ގަވައިދުގައި ކަނޑައަޅާފައިވާ އެންމެ ފުންމިން ކަމަށްވާ 30 މީޓަރަށްވުރެ މާ ފުނަށް ގޮސް، 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައަކަށް (ކޭވް އަކަށް) ފީނުމުގެ ތެރޭގައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑައިވަރުން ގެއްލުން: އުޅަނދުގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް