ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

STO_Ads
TTH_Ads
Advertisement

ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފު، އަދި އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއްކަމަށެވެ.

އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ “ސްޓޭޓަސް ކޯ” ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

MMA_Ads
HajjCop_ads
Advertisement

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާރިން ވަނީ ދީފައެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބާރުއަޅާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

raeees muiz

މެދުއިރުމައްޗަށް އަތްގަދަކުރުމުމަށް ޔަހޫދީން ރާވާރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް

ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް: ޖޭ.ޑީ ވެންސް

އާދަޔާ ޚިލާފް އުނި ސިފަތަކާއެކު އުފަންވާކުދިން ގިނަވުން: އިސްރާއީލުން އަޖުމަބަލަން އައު ހަތިޔާރު ޣައްޒާގައި ބޭނުންކުރާކަމުގެ ހެކި